12 އޭޕްރީލު 2024, ހުކުރު
ޝެއާރ ކޮށްލާ
މި ސަރުކާރުގެ ކޮރަޕްޝަންގެ މަތިއަޅާ އަދި ދޮގުބޯ މުއިއްޒު ބޭނުންވާގޮތަށް އޭސީސީން މައްސަލަތައް ނިންމުމުގައި އެންމެ ބޮޑަށް ވާގިވެރިވާ އެކޮމިޝަނުގެ ރައީސް އާދަމް ޝާމިލް މެލޭޝިއާގެ ވެލޯސިޓީން އަގުބޮޑު ކޮންޑޯއެއް ގަނެލައިފިއެވެ.
ފަސް ކޮޓަރިއާއި ސްވިމިން ޕޫލެއްވެސް ހިމެނޭ މި ކޮންޑޯ ޝާމިލް ގަތް އަގެއް ސާފެއް ނުވެއެވެ. ނަމަވެސް މެލޭޝިއާގައި އެ ފެންވަރުގެ ކޮންޑޯތައް ހުންނަ އަގަށް ބަލާއިރު ޝާމިލް ގަނެލި ކޮންޑޯގެ އަގު ހަތް މިލިއަން ދިވެހި ރުފިޔާއަށް ވުރެ ކުޑައެއް ނުވާނެކަމަށް ބެލެވެއެވެ.
ޝާމިލް މެލޭޝިއާއިން އަގުބޮޑު ކޮންޑޯއެއް ގަނެލިއިރު ސަރުކާރުން ބޭނުންވާގޮތަށް އޭސީސީ ތެރެއިން ކަންކަން ނިންމާދިނުމުގެ މުގާބިލުގައި ރިޝްވަތުގެ ގޮތުގައި ފައިސާއާއި މަޤާމާއި ބިމާއި ފްލެޓް ޝާމިލް ހިމެނޭހެން އޭސީސީގެ މެމްބަރުންނަށް ސަރުކާރުން ހުށަހަޅާފައިވާކަން މީގެކުރިންވެސް ވަނީ ހާމަވެފައެވެ.
މި ސަރުކާރަށް މިހާތަނަށް އޭސީސީން ކޮށްދިން އެންމެ ބޮޑު ގުލާނަކީ ކުރީގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ބާތިލްކޮށް ސަރުކާރުން ބެނުންވާގޮތަށް ފްލެޓް ލިސްޓް އޮޅާލުމަށް މަގުފަހިކޮށްދިނުމެވެ.
މީގެއިތުރުން މާލޭ ސަރަހައްދުން ލިބުނު ގޯތިތައް އަތުލުމަށް އޭސީސީ ތެރެއިން ކުރަންޖެހޭ ކަންކަން މިހާރުވެސް ކުރިއަށްދާއިރު ސިޔާސީ ވެރިން ހައްޔަރުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް ބާރު ދިނުމުގެ ގޮތުންވެސް އޭސީސީގެ ރައީސް ޝާމިލް އިސްވެހުރެ އަންނަކީ ސަރުކާރުން ބޭނުންވާގޮތަށް އޭސީސީގެ ތެރެއިން ކަންކަން ނިންމަމުންނެވެ.
* Copyright © 2025 Mvcrisis.net . All rights reserved.