12 އޭޕްރީލު 2024, ހުކުރު
ޝެއާރ ކޮށްލާ
އެމްޑީޕީން ތައާރަފްކުރި ބޭސްފަރުވާގެ ނިޒާމް އާސަންދަ، މި ދޮގުބޯ މުއިއްޒުގެ ވެރިކަމުގައި މެނޭޖްކުރަން ނޭންގި ބަނގުރޫޓްވެ ބޭސްފިހާރަތަކަށް ދޭންޖެހޭ ފައިސާ ދޫކުރުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލުމާއި ގުޅިގެން ބައެއް ބޭސްފިހާރަތައް ބަނދުކުރާ ހިސާބައް ހިނގައްޖެއެވެ.
މި ނޫހަ ވާހަކަ ދެއްކި ބައެއް ބޭސްފިހާރަތަކުގެ ވެރިން ބުނިގޮތުގައި މީގެކުރިން ބޭސްފިހާރަތަކުގެ ބިލްތަކަށް އާސަންދައިން ފައިސާ ދެމުން ގެންދަނީ ވަކި ޝެޑިއުލެއްގެ ދަށުން ކަމަށާއި ނަމަވެސް އުސޫލާ އެއްގޮތަށް މިހާރު ފައިސާ ލިބެމުން ނުދާކަމަށެވެ.
އެގޮތުން ބައެއް ބޭސްފިހާރަތަކަށް ދޮގުބޯ މުއިއްޒުގެ ވެރިކަމުގައި އެއްވެސް ފައިސާ އެއް މިހާތަނަށް ދޫކޮށްފައި ނުވާތީ އެ ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވާކަމަށް ބައެއް ބޭސްފިހާރަތަކުގެ ވެރިން ބުނެއެވެ.
"އަޅުގަނޑުމެންނަށް ފައިސާއެއް ނުލިބޭ ހަމަ ގައިމުވެސް، މިހާރުވެސް ހަތް މިލިއަން ރުފިޔާ ނުލިބިއެބަހުރި، ބައެއް ފިހާރަތަކަށް ފައިސާ ލިބޭކަމަށް ބުނަނީ، އެއީ މިސަރުކާރުގެ ވެރިންނާ ގުޅުން އޮންނަ ފިހާރަތަކަށް އެކަނި، މައުލޫމަތު ލިބެނީ އާސަންދަ ބަނގުރޫޓްވެ ފައިސާ ހުސްވެފައިވާކަމަށް، ބޭރުގެ ބައެއް ހޮސްޕިޓަލުތަކަށް ވެސް ފައިސާ ނުލިބޭކަމަށް ވަނީ" ބޭސް ފިހާރައެއްގެ ވެރިއެއް ވިދާޅުވި އެވެ.
އޭނާ އިތުރަށް ބުނީ ބޭސްފަރުވާގެ ނިޒާމު އެއްކޮށް ކަހަލަ ގޮތަކަށް އާސަންދަ އަށް ބަރޯސާވެފައި އޮންނައިރު ބޭސްފިހާރަތަކުގެ އާމްދަނީގެވެސް 90 އިންސައްތަ ހިއްސާކުރަނީ އާސަންދައިން ނަގާ ބޭހަކަށް ކަމަށެވެ. އެހެންކަމުން އާސަންދައިން ފައިސާ ނުލިބި ގިނަ ދުވަސްވެފައި ވުމުން ބައެއް ބޭސްފިހާރަތަކުގައި ޒަރޫރީ ބޭސްވެސް މިހާރު ނެތްކަމަށް ބޭސްފިހާރަތަކުގެ ވެރިން ބުނެއެވެ.
* Copyright © 2025 Mvcrisis.net . All rights reserved.