13 އޭޕްރީލު 2024, ހޮނިހިރު
ޝެއާރ ކޮށްލާ
އީރާނުން އިޒްރާއީލަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދޭން ފަށައި އެކަން އެ ގައުމުން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.
މިއީ އިޒްރާއީލަށް އީރާނުން ރަސްމީކޮށް ހަމަލާދޭން ފެށި ފުރަތަމަ ފަހަރެވެ. އީރާނުން ބުނީ ޔަހޫދީ ޓެރަރިސްޓް އިޒްރާއީލަށް ހަމަލާދޭން ފެށި މައިގަނޑު ސަބަބަކީ އޭޕްރީލް އެއް ވަނަ ދުވަހު ސީރިއާގައި ހުންނަ އެ ގައުމުގެ އެންބަސީ އަށް އިޒްރާއީލުން ބޮން އަޅައި އެތަން އެއްކޮށް ބިމާ ހަމަކޮށްލުމާއި ގުޅިގެން ކަމަށެވެ.
ޔޫއެންގެ ގަވާއިދުތަކަށް ގޮންޖަހައި އެމެރިކާގެ ހިމާޔަތުގައި އޮވެގެން އެތައް ލާއިންސާނީ ޖަރީމާތައް ހިންގަމުން އަންނަ އިޒްރާއީލުން ވަނީ ތަކުރާރުކޮށް މެދު އިރުމަތީގެ އެތައް ގައުމަކަށް ހަމަލާދީ ފަލަސްތީނު ރައްޔިތުން އަޅުން ތަކަކަށް ހަދައިފަ އެވެ.
އީރާނުން ހަމަލާދޭން ފެށީ "ޓްރޫ ޕްރޮމިސް"ގެ ނަމުގަ އެވެ. އަދި އީރާނުން ވަނީ މިކަމުގެ ތެރެއަށް އެމެރިކާ އިން ނުވަނުމަށް އިންޒާރުދީފަ އެވެ.
މެދުއިރުމަތީގައި ހުންނަ އެމެރިކާގެ ގިނަ އަސްކަރީ ބޭސްތައް ހުންނަނީ މުސްލިމް ގައުމުތަކުގަ އެވެ. އަދި އެ ގައުމުތަކުން އެމެރިކާ އަށް ވަނީ އެ ބޭސްތައް ބޭނުން ކޮށްގެން އީރާނަށް އެއްވެސް ހަމަލާއެއް ދިނުން މަނާކޮށްފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އީރާނުން ފޮނުވާލި ހަމަލާ އާއި ގުޅިގެން ޓެރަރިސްޓް ޔަހޫދީންނަށް މިހާތަނަށް ލިބުނު ގެއްލުންތައް އަދި ސާފެއް ނުވެ އެވެ. އަދި ހަމަލާ ބަދަލުކުރުން ކުރިއަށް ދާނެ ގޮތުގެ ތަފްސީލުތަކެއް ވެސް ސާފެއް ނޫނެވެ.
* Copyright © 2025 Mvcrisis.net . All rights reserved.