އޮރިޔާން ވެބްސައިޓުތައް މަނާކުރި ކަމަށް ބުނުމަށް ފަހު އައްޕަތުރޭ އޮރިޔާން ފިލްމު ކުޅެން ފަށައިފި

25 ފެބްރުއަރީ 2025, އަންގާރަ

ޝެއާރ ކޮށްލާ

ރާއްޖޭން އޮރިޔާން ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހަދާފައިވާ ކަމަށް ބުނެ އާންމުންނަށް އޮޅުވާލުމަށް ފަހު ހޯމް މިނިސްޓަރު އައްޕަތުރޭ އޮރިޔާން ފިލްމު ކުޅެން ފަށައިފި އެވެ. އެގޮތުން އޭނާ އަންހެން ކުދިންނަށް އޮރިޔާން ފޮޓޯ ފޮނުވައި, ވީޑިއޯ ކޯލް ކޮށް, އެޕާޓްމަންޓްތަކަށް އަންހެން ކުދިން ވައްދައިގެން ފާހިޝް އަމަލުތައް ހިންގާކަން ވަނީ ފަޅާ އަރައިފަ އެވެ.

މިކަން ފަޅާއެރީ ސައިޒު އޮޅިގެން އުޅެން ހަދައިގެން އާންމުންގެ ނުރުހުން އަމާޒުވެ, އެންމެ ފަހުން އޭނާ އޮރިޔާން ފޮޓޯ ފޮނުވި ބައެއް ކުދިން ވެސް އޭނާ ދެކެ ނުރުހުންވެގެން އެ ފޮޓޯތަށް ލީކް ކޮށްލުމުންނެވެ. އެ ފޮޓޯތަށް ބޭނުން ކޮށްގެން ހޯމް މިނިސްޓަރު ބްލެކްމެއިލްކޮށް, ބައެއް ކުދިން ބޭނުން ހުރިހާ ކަންކަން ހޯމް މިނިސްޓްރީ ތެރޭން މަގުފަހި ކޮށްފައިވާ ކަމުގެ ތުހުމަތު އާންމުކޮށް މިފަދަ މައްސަލަތައް ފެންމަތި ކުރާ ހަސަން ކުރުސީ ވަނީ ޓްވިޓާގައި ބުނެފަ އެވެ.

އައްޕަތުރޭގެ އާއިލާ މީހަކު މައުލޫމާތު ދިން ގޮތުގައި އޭނާ އަންހެން ކުދިންނަށް ފޮނުވަން ފޮޓޯ ނަގާފައި ހުރީ ގޭ ފާހާނާ އަށް ވަދެ ހުރެގެންނެވެ. އެހެންކަމުން އެ ފޮޓޯތައް ލީކުވެ, އައްޕަތުރޭ އަންހެނުންނާ ހަމަ އަށް އެކަން ދިއުމުން ގޭތެރޭގައި ބޮޑު މައްސަލަގަނޑެއް ޖެހި, އޭނާ ކޮޓަރިން ބޭރު ކޮށްލާފައި ކަމަށް އޭނާ ބުނެ އެވެ. މި މައްސަލަ ހައްލު ކުރަން އޭނާ އަންހެނުން ކައިރީ މާފަށްއެދި, ފައިގައި ހިފައި އާދޭސްކޮށް ރޮއެ ހެދި ކަމަށް ވެއެވެ.

އައްޕަތުރޭގެ މައްޗަށް މީގެ ކުރިން ވެސް ވަނީ އޮރިޔާން ކާޑު އުފެއްދުމުގެ ތުހުމަތު ކުރެވިފަ އެވެ. އެކަމަކު އެއީ އޭނާ އެމެރިކާގައި ކިޔަވަން ހުރި އިރުގެ ކަމެކެވެ. އަދި އެކަން އާންމުން މިހާރު ހަދާންނެތިފައިވީނަމަވެސް, އެފަހަރު އޭނާ ފޮޓޯ ފޮނުވައިގެން މައްސަލަ ޖެހުނީ ފިރިހެނަކަށެވެ. އޭނާ ކޮލެޖުގައި އެ ފިރިހެން ކުއްޖާ އާ އަޅައިގަނެގެން އުޅުނު ކަމަށް ވެއެވެ.

* Copyright © 2025 Mvcrisis.net . All rights reserved.